އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 32 އިންޗި ހިޓާޗީ ޓީވީގެ ޚާއްސަ ޕްރޮމޯޝަނެއް "ބައްތިރީސް" ގެ ނަމުގައި ފަށައިފިއެވެ.
މިއަދު ފަށާފައިވާ މި ޕްރޮމޯޝަން ކުރިޔަށްދާނީ 15 އޮކްޓޯބަރ 2021 ގެ ނިޔަލަށް ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.
މި ޕްރޮމޯޝަންގައި ބައްތިރީސް އިންޗީގެ ހިޓާޗީ އެންޑްރޮއިޑް ސްމާޓް ޓީވީ ވިއްކާ އަގަކީ އެންމެ 2،999 ރުފިޔާއެވެ.
މި ޓީވީ އަކީ އަޑު އެހާމެ ސާފު ކުލަތައް އެހާމެ ޗާލު ޓީވީއެއް ކަމަށާއި، މީގެ އިތުރުން މިއީ ނެޓްފްލިކްސްއާއި ޔޫޓިއުބްފަދަ ޒަމާނީ އެޕްލިކޭޝަންސް ބޭނުންކުރެވޭ އެޗްޑީ ޓީވީއެއް ކަމަށް އެސްޓިއޯއިން މައުލޫމާތުދެއެވެ.