މޫސުން ގޯސްވުމާ ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މުޅި ރާއްޖެއަަށް ވައިޓް އެލާޓް ނެރެފައިވަނީ ހަވީރު 17:00 އިން ރޭގަނޑު 22:00 އަށް ކަމަށެވެ.
މިވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މި ދުވަސްވަރަކީ ރާއްޖެ އަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު، ކަނޑުމަތީގައި ނުރައްކާތެރި ބައެއް ހާދިސާތައް ވެސް އަންނަނީ ހިނގަމުންނެވެ.