އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ފުއާދު ތައުފީގު އައްޔަންކޮށްފިއެވެ.
އީސީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އީސީން ބުނީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ފުއާދު އައްޔަން ކުރުމަށް ނިންމީ ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމަށް ކޮމިޝަނުގެ މެންބަރުންގެ އިއްތިފާޤުން @FuwadThowfeek އައްޔަނުކޮށްފި pic.twitter.com/VdrQ4DLhHi
— Elections Commission (@ElectionsMv) September 15, 2021
ފުއާދަކީ 2008 އިން 2009އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް ފުއާދު ހުންނެވީ އެކޮމިޝަނުގެ ރައީސްގެ މަޤާމުގައެވެ.
ފުއާދު ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ ފެބުރުވަރީ 1973ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގައެވެ. އަދި 2007 ވަނަ އަހަރާއި ހަމައަށް ހުންނެވީ އެއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.