އިތުރު ސްޕީޑާއި ޑޭޓާ އާއި އެކު އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއަރ ފައިބަރ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ ތަސައްވުރާ އެއްގޮތުގެ މަތިން، ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ފެށުނީއްސުރެ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އުރީދޫން ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްފައިވާ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއަފައިބާ ޕްލޭންތައް މިއަދު ކުރިޔަށްވުރެ ހަލުވި ސްޕީޑްގައި، ޑޭޓާވެސް އިތުރަށް ލިބޭގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ 5ޖީ އެއަރފައިބަރ ޕްލޭންތަކުން ލިބޭ ޑޭޓާ އެލަވަންސް އަދި ސްޕީޑް
އުރީދޫން ބުނީ 5ޖީ އެއާފައިބާ އާއެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާ ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި ދުރު ރަށްރަށާ ގޭގައި މަސައްކަތް ކުރިޔަށްގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު 5ޖީ އެއާފައިބާގެ ހިދުމަތް ދިނުމުގެގޮތުން 12 މަހުގެ ކޮންޓްރެކްޓްއަކާއެކު ޑިވައިސް ޕްލޭން އެއްވެސް އުރީދޫ ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
5ޖީ އެއާފައިބާ އަލަށް ނަގާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑިވައިސް ނެގުމަށް އިތުރު ފަސޭހަކަމެއް ގެނެސްދޭ ހާއްސަ އޮފާއަކާއެކު 5ޖީ ގެ ހަލުވި ސްޕީޑްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް އުރީދޫން ބުނެއެވެ.
އެގޮތުން ގޭގައި ތިބެގެން އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެ، އެންމެ މަގުބޫލް ފިލްމް އަދި ޝޯތައްވެސް ސިކުންތުކޮޅެއްގެ ތެރޭގައި ޑައުންލޯޑް ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
އޭގެ އިތުރުން ހައިސްޕީޑް އިންޓަނެޓާ ލޯ ލޭޓެންސީގެ ސަބަބުން ގޭމް ކުޅުންތެރިންނަށް ވެސް ބުރޫ އެރުމެއްނެތި ގޭމް ސެޝަންތައް ނިންމާލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.