Last Updated: September 28, 15:53
Tuesday, September 28, 2021
ޚަބަރު

އާދަމް ޝަރީފަށް މިނިސްޓަރު ނަސީމް ވަރުގަދަ ރައްދެއް؟!

ހެލްތް މިނިސްޓަރު ނަސީމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ

މަސްތުވާތަކެތިން މުޖްތަމައު ސަލާމަތްކުރުމަށް ސަރުކާރުން ހިންގަން ރަވާފައިވާ ޕްރޮގުރާމްތަކާ ގުޅޭ ގޮތުން ހެލްތް މިނިސްޓަރު އިސްވެ ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ވަޑައިގެން މައުލޫމާތު ހިއްސާ ކުރައްވާފައި އެވެ. ހެލްތް މިނިސްޓްރީން ހާމަކުރި މައުލޫމާތުތަަކަށްފަހު މެމްބަރުންގެ ސުވާލުތަކަށް މިނިސްޓަރު ދެއްވި ޖަވާބުތަކުގެ ތެރެއިން ފާހަގަ ކޮށްލެވުނީ މަޑުއްވަރީ ދާއިރާފެ މެންބަރު އާދަމް ޝަރީދަށް ދެއްވި ޖަވާބެވެ.

މެމްބަރު އާދަމް ޝަރީފު ކުރެއްވީ ކޮން ސުވާލެއް؟

ކުރީ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ އަދި މިހާރު އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އާދަމް ޝަރީފު މިނިސްޓަރާ ސުވާލު ކުރެއްވީ މަސްތުވާތަކެތިން މުޖްތަމައު ސަލާމަށްކުރުމަށް ޕްރޮގުރާމްތައް ހިންގަން ފްލޭން ކުރެވިފައިވަނީ ސަރުކާރު ބަދަލުވިއަސް ޕްރޮގުރާމްތައް ހިންގޭނެ ތޯ ސާފުކުރުމަށެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު

އެހެން ސުވާލު ކުރުމުގެ އެއް ބޭނުމެއް ކަމަށް ވިދާޅުވީ ދެން އެމްޑީޕީގެ ވެރިކަމެއް އޮންނާނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށްވެސް އާދަމް ޝަރީފު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެނަށް ގަބޫލެއް ނުކުރެވޭ ދެން އަންނަ ދައުރެއްގައި އެމްޑީޕީ ވެރިކަމުގައި އޮންނާނެހެނެއް. އެހެން ބަޔަކު ވެރިކަމުގައި ތިއްބަސް މި ޕްލޭން އިމްޕްލިމެންޓް ކުރެވިގެން ނޫނީ ނަތީޖާއެއް ނެރެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" އާދަމް ޝަރީފު ސުވާލުގައި ވިދާޅުވި އެވެ.


މިނިސްޓަރު ނަސީމްގެ ރައްދުގައި ޔަގީންކަން

އާދަމް ޝަރީފުގެ އެ ސުވާލާ ގުޅިގެން މިނިސްޓަރު ނަސީމް ދެއްވި ޖަވާބުވެސް އިދިކޮޅަށް އެ ވަގުތު ދެވޭނެ އެންމެ ރަނގަޅު ރައްދު ކަމަށް އެމްޑީޕީން ގަބޫލުކުރެ އެވެ. އާދަމް ޝަރީފަށް ދެއްވި ޖަވާބުގައި މިނިސްޓަރު ދެއްވި ޔަގީންކަމަކީ އެ ބޭފުޅުން ކުރައްވާ ކޮންމެ ކަމެއް ކުރައްވާނީ ދިގު މުއްދަތަކަށް ކުރިއަށް ގެންދެވޭނެ ގޮތައް ކަމެވެ. އަދި އެ ޕްރޮގުރާމްތައް ހިންގާނީ ވެސް ޕްރޮފެޝަނަލް މީހުން ބޭނުންކޮށްގެން ކަމަށެވެ. މިނިސްޓަރު ނަސީމް ދެން ދެއްވި ރައްދު ސީދާ އަމާޒު ކުރެއްވީ މިހާރުގެ އިދިކޮޅު ފަރާތަތަކަށެވެ.

"އެއްބައި ސަރުކާރުތަކުން ޑްރަގުގެ ކަންތައްތަކުގައި އެހާބޮޑު އަހައްމިއްޔަތުކަމެއް ނުދެވޭ ނޫނީއްޔާ އެ ވިއްކިޔަސް އެ އޯކޭ ކަމަށް ވެފައި އޮންނަނީ. އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންވަނީ މި ގްރަގުގެ ކަންތައްތަކީ ވާބާއެއްްކަން އަޅުަނޑުމެންގެ ރަހްމަތްތެރިންނާއި އަޅުގަނޑުމެންގެ ވާދަވެރިންނާއި ހުރިހާ ބޭފުޅުންވެސް އެކަންތައް ރިކޮގްނައިޒް ކުރައްވައިގެން މިކަމަށް އެޑްރެސް ކުރައްވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ގައުމަށް ދިމާވެފައިވާ ވަބާތަކުން ސަލާމަތްވުމަށް ކުރެވޭ ކަންތައްތަކުގައި ކޮންމެ ސަރުކާރެއް އޮތަސް އެއްބާރުލުން ދޭން ޖެހޭ ކަމަށް ފާހަގަކުރައްވައި ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅުން ދެއްކި ވާހަކަތަކަށް ހިނިވަޑުވަމުން މިނިސްޓަރު ރައްދު ދެއްވި އެވެ.

" މިސާލަކަށް ދެން ވެކްސިން ޖެހުމުގެ ކަންތަކުގައި. ދެން ވެކްސިން ނުޖަހާނަމޭ. އެހެން ބުނާކަށް ނުވާނެ ނޫންތޯ، ވެކްސިން ނުޖެހީމާ ތިމާ މި ވަނީ މުޅިން އެހެން ކަހަލަ މީހަކަށް. އެ ފެތުރުމަށް ވާގިދޭ މީހަކަށް މިވަނީ" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ނަސީމް ވަނީ ރާއްޖޭގައި ޑްރަގް އޮތް މިންވަރާ އެކަމުން ސަލާމަތްވެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މެމްބަރުންނާ މައުލޫމާތު ހިއްސާ ކުރައްވާފައި އެވެ. އޭގެ ތެރެއިންވެސް މިނިސްޓަރު ނަސީމް އިދިކޮޅު މެމްބަރަށް ދެއްވި ޖަވާބަށް ބައެއް މީހުން ވަނީ ތައުރީފު ކޮށްފައި އެވެ.