އިންޑިއާ އިން ރާއްޖެއަށް އާ ސަފީރެއް އައްޔަން ކުރައްވައިފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އެ މަގާމަށް އައްޔަން ކުރެއްވީ އިންޑިއާ އިން އޮމާނަށް ކަނޑަޅާފައި ހުރި ސަފީރު މުނޫ މަހާވަރު ކަމަށެވެ. އޭނާ ވަރަށް އަވަހަށް ރާއްޖެ ވަޑައިގެން މަގާމާ ހަވާލުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގައި މިހާރު ހުންނެވި ހައި ކޮމިޝަނަރު ސުދީރު މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މާޗު މަހު އެވެ.
މި ސަރުކާރު އައުމާއެކު ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ވެގެން ގޮސްފައެވެ. އެގޮތުން ރާއްޖޭގައި ހިންގާ ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކަށް އިންޑިއާ އިން އަންނަނީ އެހީތެރިކަން ފޯޯރުކޮށްދެމުންނެވެ.