Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

އައްޑޫ އިން އިތުރު 18 މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 18 ކޭސްގެ ތެރެއިން ހަތް ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށާއި ހަ ކޭސް ހިތަދޫން ފެނިފައިވާއިރު އަނެއް ފަސް ކޭސް ފެނިފައިވަނީ ފޭދޫ އިން ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ 16 ޑައިރެކްޓް ކޮންޓެކްޓުންނާއި، ރެންޑަމް ސާމްޕަލް އަކާއި ފްލޫ ސާމްޕަލެކެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 133 ކޭސް އުޅޭއިރު، ހިތަދޫގައި 79 ކޭސް، ފޭދޫގައި އެކްޓިވް 30 ކޭސް، މަރަދޫފޭދޫގައި ހަ ކޭސް އަދި ހުޅުދޫގައި 11 ކޭސް އަދި މީދޫގައި 23 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 282 އަށް އަރާފައެވެ.

އައްޑޫ ކޮވިޑް ފެސިލިޓީގައި ފަސް މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ ތިން މީހަކު ނިޔާވެފައެވެ.