ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 92 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 38 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 51 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި ތިން މީހަކު ހިމެނޭ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 83،162 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1832 ކަމަށްވާއިރު އޭގެތެރެއިން 21 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މި ބަލިން 81،090 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 227 މީހަކު ވަނީ ނިޔާވެފައެވެ.