Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ކޮވިޑް ޖެހުނު 81،000 މީހުން ރަނގަޅުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: އަވަސް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 81،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 141 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 81،090 އަށް އަރާފައެވެ.

މި ބަލިން ރަނގަޅު ނުވެ 1832 މީހުން ތިބިއިރު، އޭގެތެރެއިން 21 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. ކޮވިޑްގައި މިހާތަނަށް ރާއްޖެއިން ވަނީ 227 މީހަކު މަރުވެފައެވެ.

ކޮވިޑަށް މިއަދު 92 މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 83،162 އަށް އަރާފައެވެ.