Last Updated: September 28, 15:53
Tuesday, September 28, 2021
ޚަބަރު

ދެ ފުށް ފެންނަ އިންތިހާބަކުން އެކަނި ނުުފުދޭ، ހަމަހަމަ ކަންކަން ގާއިމުކުރަން ޖެހޭ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް -- ފޮޓޯ / ރައީސް އޮފީސް

ދެ ފުށް ފެންނަ އިންތިހާބެއް ބޭއްވުމަކުން އެކަނި ނުފުދޭ ކަމަށާއި ހަމަހަމަކަން ގާއިމުކުރުމަށް މުވައްސަސާތަކުން މަސައްކަތްކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޒަމާނީ ޑިމޮކްރަސީއެއް ރާއްޖެ ގެނައުމަށްޓަކައި ވަރަށް ގިނަ ބަޔަކު ގުރުބާނީތަކެއްވެފައިވާ ކަމަށާއި ހަމަ އެކަނި ދެފުށް ފެންނަ އިންތިހާބެއް ބޭއްްވުމަކުން ނިމުނީކަމަކަށް ދެކިގެންނުވާނެ ކަމަށެވެ. ވެރިކަން ކުރުމުގައި ރައްޔިތުންގެ ބަސް އެހުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އަދި އެކަމުގައި ހަމަހަމަކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ނައިބު ރައީސް ވިދާޅުވީ މީގެ ކުރިން އަންހެނުނަށް ގެއްލިފައިވާ އެތައް ހައްގެއް މިހާރު ހޯދާދެވިފައިވާ ކަމަށެވެ

"އަޅުގަނޑުމެނަށް ގައުމެއްގައިވެސް ތަރައްގީއާ ހަމައަށް މި ދެވެނީ ހަމަހަމަކަން އޮވެގެން. އެހެންވީމަ އަޅުގަނޑު މިއަދު ހުރިހާ މުވައްސަސާތަކަށްވެސް ދަންވާލަން ބޭނުންވަނީ އަޅުގަނޑުމެން ހަމަހަމަކަން ގާއިމުކޮށް ވަކިން ހާއްސަކޮން އަންހެން ބޭފުޅުންނަށް ސިޔާސީ މައިދާނުގައި ބައިވެރިކުރުން ދުވަހުން ދުވަހަށް އިތުރުކުރަން އެބަ ޖެހެ އޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތައް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަޑައިގެންނެވުމާ ގުޅޭ ގޮތުން ނައިބު ރައީސް ވަނީ އަލިއަޅުއްވާލައްވާފައި އެވެ، އެގޮތުން އދ.އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ދެވުމުން އެނގިގެންދަނީ މި ސަރުކާރުގެ ހަރުދަނާ ހާރިޖީ ސިޔާސަތާއި ދުނިޔެ ރާއްޖެ ބަލައިގެންފައިވާ މިންވަރުކަމަށް ނައިބު ރައީސް ވިދާޅުވި އެވެ، ދެ