Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

މޫސުން ގޯސްވެ ދެކުނަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށެވެ.

އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 02:45 ކުން އިރުއޮށްސި 06:45 އާހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައް ގަދަވާނެތީ އެކަމަށް ސަމާލުވުމަށްވެސް އެދިފައިވެއެވެ.