Last Updated: April 20, 10:54
Saturday, April 20, 2024
ކުޅިވަރު

"ޖެޓްސްކީ ޓުއާ" ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

"ޖެޓްސްކީ ޓުއާ 2021" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

އުތުރުން ދެކުނަށް ކުރުމަށް ޖެޓް ސްކީގައި ދަތުރުކޮށް ރެކޯޑެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މިހަރަކާތް ކުރިއަށްދަނީ މި މަހުގެ 27 ގެ ނިޔަލަށެވެ. މޯލްޑިވްސް ވޯޓާރ ސްޕޯޓްސް އެސޯސިއޭޝަނުން ކުރިއަށްގެންދާ މި ހަރަކާތުގައި ޖެޓް ސްކީގައި ހއ.ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގައި ރަސްމީކޮށް އުޅޭނީ ހަ ރައިޑަރުން ކަމަށްވާއިރު، ކޮންމެ އަތޮޅަކުން ވެސް އެއް ރަށަށް މި ދަތުރުގައި ޓީމުން މަޑުކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދަން ރާވާފައިވާ ހަރަކާތެކެވެ. މި ދަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައިވަނީ އެމްއެންޑީއެފުންނެވެ.