Last Updated: June 30, 20:43
Monday, June 30, 2025
ވިޔަފާރި

ސީއެންއެން މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރަނީ

ސީއެންއެން މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން ސޮއެކުރެއްވީ ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރްއެވެ.

އެމްއެމްޕީއާރްސީން ބުނީ މި އެއްބަސްވުމެއްގެ ދަށުން ސީއެންއެން މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނިޔަލަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން މަސްތެރޭ ސީއެންއެންގެ އެކި ވަސީލަތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މީގެތެރޭގައި ރާއްޖެއާ ގުޅޭ އެކި އާޓިކަލްތަކާއި، ވީޑިއޯ އާއި އިޝްތިހާރުތަކުގެ އިތުރުން ސޯޝަލް މީޑިއާ ކެމްޕެއިނެއް ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 17 ގެ ނިޔަލަށް ރާއްޖެ އަށް ވަނީ 817،387 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާ އިންނެވެ.