Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޕީޕީއެމްގެ ބޮޑު ޖަލްސާ ފަސްކޮށްފި

އިދިކޮޅު ކޯލިޝަނުން މިރޭ މާާލޭގައި ބޭއްވުމަށް ނިންމި ބޮޑު ޖަލްސާ ފަސްކޮށްފިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމި މި ޖަލްސާ ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ޕީޕީއެމުން ބުނެއެވެ. މި ޖަލްސާ މިހާރު ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން އަންނަނީ އެ ކޯލިޝަނުގެ ހަރަކާތްތައް އިތުރުކުރަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ މި މަހުގެ 10 ވަނަ ދުވަހު "އިންސާފު ހޯދަން" ނަމުގައި މާލޭގައި އިހުތިޖާޖުކޮށްފައެވެ. އަދި މި މަހުގެ ތިންވަނަ ދުވަހުގެ ރޭ އެ ކޯލިޝަނުން ވަނީ ކާނިވާ ސަރަހައްދުގައި "އައްޑަނަ" އިގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.

ރާއްޖޭގެ އެކި ހިސާބަށް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު، މެޓް އޮފީހުން ވަނީ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.