Last Updated: July 3, 22:50
Friday, July 4, 2025
ޚަބަރު

އައްޑޫ މާރާމާރީ: 27 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފި

ހިތަދޫ ލިންކު ރޯޑު، ފޮޓޯ: އައްޑޫލައިވް

މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 27 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީ ހިންގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އެ މާރާމާރީގައި އަނިޔާވީ 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނެކެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތައް ސީރިއަސްއެއް ނޫނެވެ.

އައްޑޫގައި އެ ދުވަހުގެ މެންދުރު ވެސް މާރާމާރީއެއް ހިންގާފައިވެއެވެ. ހިތަދޫގެ ފްލެޓެއްގެ ތެރޭގައި ހިންގި އެ މާރާމާރީގައި ޒުވާނަކަށް ހަމަލާދިންއިރު އެ މާރާމާރީއާ ގުޅިގެން 31 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.