Last Updated: April 20, 10:54
Saturday, April 20, 2024
ޚަބަރު

މާލެ ދާއިރާގެ އެމްޑީޕީގެ ރައީސްކަން ޝިފާ އަށް

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދާއި ރައީސް ސޯލިހު - ފޮޓޯ: އެމްޑީޕީ

އެމްޑީޕީ ޤައުމީ މަޖިލީހުގެ މާލެ ސިޓީގެ ދާއިރާގެ ރައީސްކަމުގެ މަގާމު މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު ކާމިޔާބު ކުރައްވައިފިއެވެ.

މި އިންތިހާބު ޝިފާ ކާމިޔާބު ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ވާދަކޮށެވެ. އަކްރަމް އަކީ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަން މިހާތަނަށް ފުރުއްވަމުން ގެންދެވި ފަރާތެވެ.

މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ޝިފާ އުޅުއްވަނީ އަކްރަމަށް ވުރެ ބޮޑުތަނުން ކުރީގައެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ޝިފާ އަށް މަރުހަބާ ކިޔަމުންނެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެއެވެ. މި އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ އިންތިހާބަކާ ނުލާ ހޮވިފައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.