Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އައްޑޫގެ އަދަދު މައްޗަށް، މިއަދު 18 މީހުން ޕޮޒިޓިވް

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 18 ކޭސްގެ ތެރެއިން 9 ކޭސް ފެނިފައިވަނީ ހިތަދޫން ކަމަށާއި އަދި 8 ކޭސް ފޭދޫން ފެނިފައިވާއިރު އަނެއް ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ 11 ޑައިރެކްޓް ކޮންޓެކްޓުންނާއި، ތިން ރެންޑަމް ސާމްޕަލް އާއި ހަތަރު ފްލޫ ސާމްޕަލް އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ފޭދޫގައެވެ. އެގޮތުން ފޭދޫގައި ކޮވިޑްގެ 104 ކޭސް އުޅޭއިރު، މަރަދޫގައި 59 ކޭސް، ހިތަދޫގައި 56 ކޭސް، މަރަދޫފޭދޫގައި ހަތަރު ކޭސް އަދި ހުޅުދޫގައި އެއް ކޭސް އަދި މީދޫގައި އެއް ކޭސްގެ އިތުރުން ގަމުގައި ވެސް އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 226 އަށް އަރާފައެވެ.

އައްޑޫ ކޮވިޑް ފެސިލިޓީގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ ތިން މީހަކު ނިޔާވެފައެވެ.