Last Updated: April 19, 21:23
Friday, April 19, 2024
ޚަބަރު

ކޮވިޑް ކޭސްތައް އަނެއްކާވެސް 100 އިން މައްޗަށް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓް ކުރަނީ / ފޮޓޯ: އޭއީއެޗް

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 126 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 32 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 88 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި ހަތަރު މީހަކު ހިމެނޭ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 84،290 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1614 ކަމަށްވާއިރު އޭގެތެރެއިން 15 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލިން 82،432 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 231 މީހަކު ވަނީ ނިޔާވެފައެވެ.