Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ގިނަ މެމްބަރުން އިންތިހާބު ކާމިޔާބުކުރި

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު - ފޮޓޯ: ސަން

ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ގިނަ މެމްބަރުން އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ގިނަ ކެނޑިޑޭޓުން އެމްޑީޕީ ގައުމީ މަޖިލީހަށް އިންތިހާބުވިކަމީ ރާއްޖެއަށް ލިބުނު ކުރިއެރުމެއްކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ޓްވީޓް ކުރައްވާފައިމިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ ހޯއްދެވީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ފަރާތްތަކުންކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލެއްވި ވަޒީރުންނާއި ކުންފުނިތަކުމް އެމްޑީން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

ގައުމީ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރަމުންދިޔައިރު ރައީސް ނަޝީދު ވަނީ އިންތިހާބުގައި އެމަނިކުފާނު ތާއީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ މެމްބަރުންނަަށް ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ކުރިން ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ގޮވާލާ ވާހަކަވެސް ދައްކަވާފައެވެ.