Last Updated: March 29, 10:58
Friday, March 29, 2024
ޚަބަރު

އެމްޑީޕީގެ އިންތިހާބާއި ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޭއްވި އެމްޑީޕީ ދާއިރާތަކުގެ އިންތިހާބާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ ޝަކުވާ ހުށަަހެޅުމަށް ހުޅުވާލެވިފައި ވަނީ މާދަމާ ރޭ 20:00 ޖެހުމާ ހަމައަށް ކަމަށެވެ. އަދި ޝަކުވާ ހުށަހަޅަން ވާނީ  އިންތިހާބާ ބެހޭ ޝަކުވާ ފޯމު މެދުވެރިކޮށް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކޮށްފައިވެއެވެ. މި އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާފައިވާއިރު، އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ އިންތިހާބަކާ ނުލާ ހޮވިފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ނަމަވެސް ވޯޓުލާފައިވަނީ ކިހާ އަދަދެއްގެ މީހުންނެއް ކަމެއް އެމްޑީޕީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.