Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އިތުރު 122 މީހުން ކޮވިޑަށް ޕޮޒިޓިވް

މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ: ފޮޓޯ / ސަން

ރާއްޖެއިން އިތުރު 122 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 38 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 78 ކޭސް އަދި ރިސޯޓުތަކުން ދެ ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 84،484 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1564 ކޭސް އެވެ. މި ބަލިން 82،676 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 16 މީހަކަށެވެ. މި ބަލީގައި 231 މީހަކު ވަނީ ނިޔާވެފައެވެ.