Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

27،000 ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި

އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް- ފޮޓޯ: ޢަލީ ނަސީރު

27،000 އަށް ވުރެ ގިނަ ދަރިވަރުން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖަހައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ ރާއްޖޭގެ އާބާދީގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ 35،989 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. އޭގެތެރެއިން ވެކްސިންގެ ދެވަނަ ޑޯޒު 27،697 ދަރިވަރުން ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޫލްތަކުގައި އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހޭނެ، ގާތްގަޑަކަށް 40000 ދަރިވަރުން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ކުރިން އަމާޒު ހިފީ މިދިޔަ މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ. ސްކޫލު ކުދިންގެ 12 އަހަރާއި 17ގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިންލިބި އަދި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ވަނީ ދީފައެވެ.

އެގޮތުން ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ.