Last Updated: April 27, 06:00
Saturday, April 27, 2024
ރިޕޯޓް

އަފޮގާޓޯ: އައްޑޫގައި ކޮފީ އާއި އައިސްކްރީމްގެ ރަހަ ހެޔޮވަރުކޮށްދީފި

ދިވެހިންނަކީ ބޭރު ކަރަތަކުގެ އުފެދުންތައް އަބަދުވެސް ތަޖުރިބާކުރަން ބޭނުންވާ ބައެކެވެ. އެއީ ކޮފީ އިން ފެށިގެން އައިސްކްރީމް ކަމަށްވިޔަސް އެ ހަގީގަތް އޮތީ އެގޮތަށެވެ. ކޮފީ އާއި އައިސްކްރީމް ފަދަ ބުއިންތަކުގެ އެތައް ބްރޭންޑެއް ރާއްޖޭގެ ހަފޮޅުން މިހާރު ވަނީ އެތެރެވެފައެވެ. ކުރިން އެންމެ ބްރޭންޑަކުން ފުއްދައިލި ދިވެހިންގެ އަރުތެރެ އަށް ވިރުވައިލަން އެތަށް މަރުކާއެއްގެ އައިސްކްރީމްތައް ވެސް ރާއްޖެ އަތުވެއްޖެއެވެ. އެފަދަ ތަފާތު އެކި ބްރޭންޑުތައް ތަޖުރިބާ ކުރަން އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައިވާ "އަފޮގާޓޯ" ވަރެއް ނެތެވެ.

2017 ވަނަ އަހަރު ހުޅުވި އަފޮގާޓޯ ކެފޭ ހުޅުވާފައިވަނީ ހިތަދޫ ރައްދެބައި މަގުގައި (ކުރީގެ ހޮސްޕިޓަލް ހުންނަ ގޯޅި) އެވެ. ހުޅުވުމާއެކު ބޮޑު ތަރުހީބެއް އާންމުންގެ ފަރާތުން ލިބިގެންދިޔަ އަފޮގާޓޯ އަކީ މުޅިން ތަފާތު ކޮންސެޕްޓެއްގެ މައްޗަށް ހުޅުވާފައިވާ ކެފޭއެކެވެ. މަރާމާތަށް މަސްތަކަކަށް ތަން ބަންދުކުރުމަށްފަހު މީގެ ދުވަސްތަކެއް ކުރިން އަލުން އަފޮގާޓޯ ހުޅުވާފައިވަނީ ބޮޑެތި ބަދަލުތަކާއެކުއެވެ.

ތަފާތު އެކި ވައްތަރުގެ އައިސްކްރީމް އާއި ކޮފީގެ އިތުރުން އަފޮގާޓޯ އިން ލިބޭ ހާއްސަ އެއް ބާވަތަކީ "ޖެލާޓޯ" އެވެ. އުފެދޭނެ ސުވާލަކީ ޖެލާޓޯ އާއި އައިސް ކްރީމުގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ ޖެލާޓޯއަކީ އާއްމު އައިސް ކްރީމާ ތަފާތުކޮށް ބައެއް ބާވަތްތައް މަދުކޮށް އުފައްދާފައިވާ އެއްޗެކެވެ. އެގޮތުން އާއްމު އައިސް ކްރީމަށް ވުރެ ލުއިކަމެއް ވެސް ފާހަގަކުރެވޭނެއެވެ. މީގެއިތުރުން ޒުވާނުންގެ މެދުގައި މަގުބޫލު "މޮހީޓޯ" ގެ ވެސް އެތައް ވައްތަރެއް އަފޮގާޓޯ އިން ލިބެން އެބަހުއްޓެވެ.

 

އަފޮގާޓޯ އިން ލިބެންހުރި ބުއިންތަކުގެ ވާހަކަ ހަމައެކަނި ދައްކާލައި އަދި ނިންމާލެވޭކަށް ނެތެވެ. އެތަނުން ލިބެން ހުރި ތަފާތު އެކި ވައްތަރުގެ ސޭންޑްވިޗާއި، ސަބްމެރިން އަދި ޕޭސްޓްރީގެ ބާވަތްތަކުގެ ވާހަކައަކީ ނުދައްކާ ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ. ތަފާތު އެކި ބާވަތްތަކުގެ ޑޯނަޓް އާއި ސިނަމަން ރޯލްސްގެ ރަހަ ހަމަ ވަރަށް ވެސް ތަފާތެވެ. ދުނިޔޭގެ ފެންވަރުގައި މި ތަކެތި އެތަނުން ލިބެން ހުރިއިރު އަފޮގާޓޯގެ މެނޭޖްމެންޓުގެ ވިސްނުން ހުރީ ކުރިއަށް އޮތް ތަނުގައި ޕިއްޒާ ފަދަ ތަފާތު އެކި ބާވަތްތައް ވެސް އާންމުންނާއި ހަމައަށް ގެނެސްދިނުމެވެ.

ބުއިންތަކާއި ކެއުމުގެ ބާވަތްތަކުގެ ވާހަކަ ދެއްކުމުން މިހާރު ހިތަށް އަރާނެ އެންމެ ބޮޑު ސުވާލަކީ އަގާއި ގުޅޭގޮތުން ކުރެވޭ ސުވާލެވެ. އަފޮގާޓޯގެ މެނޭޖްމެންޓުން އެ ސުވާލަށް ދެނީ އުފާވެރި ޖަވާބެކެވެ. އެގޮތުން އަފޮގާޓޯ އިން ލިބެން ހުރި ތަކެއްޗަކީ ވެސް ތަފާތު އެކި ފަންތީގެ މީހުންނަށް ވެސް އަތްފޯރާ އަގުގައި ލިބެން ހުރި ތަކެއްޗެވެ.

މުޅިން ވެސް ދިވެހި ސްޓާފުންނާއެކު ހިންގާ އަފޮގާޓޯ މިވަގުތު ހާއްސަވެފައިވަނީ ހަމައެކަނި އިންޑޯ ތަނެއްގެ ގޮތުގައެވެ. ނަމަވެސް ކުރިއަށް އަފޮގާޓޯ އިން އަޅާ ފިޔަވަޅަކީ އައުޓްޑޯ ތަނެއް ވެސް ގާއިމުކުރުމުގެ ފިޔަވަޅެވެ. އެގޮތުން މިއަހަރުތެރޭގައި އަފޮގާޓޯ އިން އައުޓްޑޯ ތަނެއް ގާއިމުކޮށް ހުޅުވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. މި ތަނާއެކު ކޮފީއަކާއެކު ބޮޑު ސްކްރީންގައި މެޗުތައް ބަލާލުމަށް އައްޑޫ ރައްޔިތުން ކުރަމުން އަންނަ އުއްމީދުތައް ވެސް ހަގީގަތަކަށް ހެދުމަކީ އަފޮގާޓޯގެ މެނޭޖްމެންޓުންގެ އުއްމީދެކެވެ.