Last Updated: April 19, 13:47
Friday, April 19, 2024
ވިޔަފާރި

ކޮމިއުނިޓީ ފަންޑު: ނޮޅިވަރަންފަރު ސްކޫލަށް ރީޑިން ޕާކެއް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނޮޅިވަރަންފަރު ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިންގ ޕާކެއް ގާއިމްކޮށްފިއެވެ.

މި ރީޑިންގ ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަމްފަރު ޔޫތް ޑިވެލޮޕްމަންޓް އިންނެވެ.

މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމެވެ. މިތަނުގައި ބެހެއްޓިފައިވާ ފޮތް ހަރުގަނޑުތަކަކީ މޫސުމީ ބަދަލުގެ ސަބަބުން ގެއްލުން ނުވާނެހެން ހެދިފައިވާ ފޮތް ހަރުގަނޑުތަކެކެވެ. އަދި މިތަނުގައި ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަ ފޮތް ބެހެއްޓިފައިވެއެވެ. މި ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އިށީނުމަށް ބެންޗާއި، އުނދޯލި އަދި ގޯލިފަތި ވަނީ ބެހެއްޓިފައެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް ގެ ފަރާތުން މުޙައްމަދު އާޞިފް ބުނީ މި ރީޑިންގ ޕާކުގެ ގެ ސަބަބުން މުޅި ރަށަށްވެސް ނުހަނު ބޭނުންތެރި މަގްސަދެއް ހާސިލްވެގެންދާނެ ކަމަށާއި އެގޮތުން ދަރިވަރުންނާއި، ޓީޗަރުންނާއި އަދި ބެލެނެވެރިން ހިމެނޭހެން ރަށުގެ އާބާދީގެ 80 ޕަސެންޓު ރައްޔިތުން ސްކޫލް ބޭނުންކުރަމުން ދިޔުމުގެ ސަބަބުން ރީޑިން ޕާކް ގާއިމްކުރެވިފައިވަނީ އެކަމަށް ވަރަށް އެކަށީގެންވާ ތަނެއްގައި ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިގޮތުން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައެޅެއެވެ. އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ.