Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

ސޯބެ އަކީ ހިންގުންތެރި، ގާބިލު ބޭފުޅެއް: ނަޝީދު

ނަޝީދާ އެކު އައްޑޫ ކުރީގެ މޭޔަރު ސޯބެ. ފޮޓޯ/ ޖޭޑް

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަން ކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަކީ ހިންގުންތެރި އަދި ގާބިލު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސޯބެ އަކީ އައްޑޫގައި ސަރުކާރުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅާ ކަމަށެވެ.

‎ސޯބެ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވާފައެވެ.

‎މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ސޯބެ ވަނީ އައްޑޫގެ މޭޔަރު ކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވާފައެވެ.