Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ރަސޫލާގެ ކާޓޫނު ކުރެހި ވިލްކްސް ރޯވެ އަނދައިފި

ރަސޫލާ އަށް ކާޓޫނު ކުރެހި ވިލްކްސް / ފޮޓޯ:އޭއެފްޕީ

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ސްވީޑެންގެ ވިލްކްސް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ މަދަނީ ފުލުސް އުޅަނދެއްގައި ދަނިކޮށް ޓްރަކެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރުގައި އަލިފާން ރޯވެގެންނެވެ.

މި އެކްސިޑެންޓުގައި އޭނައާއެކު ފުލުހުންގެ 2 މީހަކު މަރުވެފައިވާއިރު، ޓްރަކް ދުއްވަން އިން މީހާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މި އެކްސިޑެންޓުގައި މަރުވި މީހުންގެ މައުލޫމާތު އެގައުމުގެ ފުލުހުން ހާމަކޮށްފައި ނުވާއިރު، ވިލްކްސް މަރުވިކަން އޭނަގެ ޕާޓްނަރުވަނީ ޔަގީންކޮށްދީފައެވެ.

2007ވަނަ އަހަރު ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ކާޓޫނު ކުރެހައި ޝާޢިއު ކުރުމުގެ ސަބަބުން ގިނަ މުސްލިމުން ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އިރާޤުގެ އަލްޤައިދާ ޖަމާޢަތުން ވަނީ އޭނަގެ ބޮލަށް އެއްލައްކަ ޑޮލަރުވެސް ހުށަހަޅާފައެވެ. އަދި 2015 ވަނަ އަހަރު ޑެންމާކުގެ ވެރިރަށުގައި ކުރިއަށް ގެންދިޔަ ޚިޔާލު ފާޅުކުރުމާގުޅޭ ބަހުސެއްގައި އޭނައަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ނޯޑިކް ޤައުމުތަކުގައި އިސްލާމޯފޯބިއާ އިތުރުވަމުން އަންނައިރު، ފަރަންސޭސިވިލާތް ފަދަ ޔޫރަޕުގެ އެހެނިހެން ޤައުމުތަކުންވެސް އަންނަނީ މުސްލިމުންނާ ދެކޮޅު ގާނޫނުތައް ހަދަމުންނެވެ.