Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ރާއްޖޭގައި ބެހެއްޓޭ އެންމެ ބޮޑު ބެޓެރި ސިސްޓަމް އައްޑޫގައި ގާއިމްކުރަނީ

ރާއްޖޭގެ އިންޖީނުގެއެއްގައި ބެހެއްޓޭ އެންމެ ބޮޑު ބެޓެރި ސިސްޓަމް އައްޑޫގައި ގާއިމުކުރަން ނިންމައިފި އެވެ.

1 މެގަވޮޓުގެ ބެޓެރި އެނަރޖީ ސްޓޯރޭޖް މި ސިސްޓަމާއެކު އައްޑޫގެ ކަރަންޓުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ. މީގެއިތުރުން، ސޯލާ ޕީވީ އިތުރުކޮށް، ގްރިޑަށް ފީޑުކުރުމުގެ ފުރުޞަތު ފަހި ވެގެންދާނެކަންވެސް ފާހަގަކޮށްލެވެ އެވެ.

މިއަދު އިފްތިތާހު ކުރެވުނު މި ސިސްޓަމްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއެކު ސޯލަރ ޕީވީ ނިޒާމަށް އަންނަ ލޮޅުންތައް ކުޑަކުރެވޭނެ އެވެ. އަދި ޑީސަލް ޖަނަރޭޓަރުތަކަށް ދިމާވެދާނެ މައްސަލަތަކުން ސަލާމަތްކޮށްދީ، ތެޔޮ އިސްރާފުކުރުން ކުޑަކޮށް ދޭނެ އެވެ. ހަމައެހެންމެ، ސޯލަރ-ޕީވީ-ބެޓެރި-ޑީސަލް ހައިބްރިޑް ނިޒާމަކުން ލިބެންޖެހޭ ނަފާވެސް އިތުރުކޮށް ދޭނެ އެވެ.

މި ސިސްޓަމާއެކު، އައްޑޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 8 ލައްކަ ލީޓަރުގެ ސަލާމަތްކުރެވޭނެ އެވެ. އެއީ ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް 6.5 މިލިއަން ރުފިޔާގެ ނަފާއެކެވެ.