Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެއާޕޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއް: ކޮންޓްރޯލުން ނައްޓައިގެން ދިޔަ ކާރެއް ޖެހުނީ ދެ މީހެއްގެ ގައިގައި

މިއަދު އެއާޕޯޓްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުނަށް ފަރުވާދޭން މަސައްަކަތްކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު މެންދުރުފަހު ހިނގި މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން ބުނީ ކޮންޓްރޯލުނުވެން ގޮސް ވޯކްވޭ ފެންސްގައި ޖެހި ފެންސްފަޅާލާފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުންނަކީ ވެސް ތިން ފިރިހެނުން ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

މި އެކްސިޑެންޓް ހިނގިވަގުތުގެ ވީޑިއޯ ސޯޝަލް މީޑިޔާގައި ވަނީ އާއްމުވެފައި އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން އެކްސިޑެންޓްވެފައިވަނީ ދިރާގުގެ ކާރެކެވެ. އަދި އެ ކާރު ތެރެއިން ކާރު ދުއްވަން އިން ދިރާގުގެ ޔުނީފޯމްގައި އިން މީހަކު ނެރޭތަން ފެނެ އެވެ. މީގެ އިތުރުން އެ ކާރުން ޖެހިފައި ދެ މީހަކު ކާރު ކައިރި ވެއްޓިފައި އޮއްވާ ވެސް މި ވީޑިއޯތަކުން ފެނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހްގީގުކުރަމުންދާ ކަމަށެވެ.