Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ނަޝީދު ދުބާއީއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދުބާއީއަށް ވަޑައިގެންފި އެވެ.

ނަޝީދު މިއަދު ދުބާއީއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ދުބާއީ އެކްސްޕޯގެ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއެވެ.

ދުބާއީ އަށް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އެގައުމުގައި މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެ އެކްސްޕޯގެ ތެރެއިން މާދަމާ އޮންނަ "ވޯލްޑް މަޖިލިސް" ގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދިޔަ މެއި ހަ ވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ފަރުވާ އަށް މިހާތަނަށް އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ހާމަކުރައްވާފައި ނުވާއިރު ރާއްޖެއިން ބޭރުގައި މުއްދަތެއް ނެތް ގޮތަށް ހުންނެވޭ ގޮތަށް މަޖިލީހުގެ އިދާރާ އިން ވަނީ ނަޝީދަށް ޗުއްޓީ ދެއްވާފައެވެ.