Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ޝާހިދަށް ދައުލަތުގެ އިއްޒަތް މިރޭ އަރުވަނީ

ރަަައީސުލްޖުމްހޫރިއްޔާ، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްއާ ބައްދަލުކުރެއްވުން

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދައުލަތުން އަރުވާ މަތީ ޝަރަފުގެ އިއްޒަތް މިރޭ އެރުއްވުމަށް ހަަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެކަމު ޝާހިދަށް ދައުލަތް އިއްޒަތް އަރުވާކަން ރަސްމީކޮށް އަދި ހާމަކޮށްފައިއެއްނުވެ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ މިދިޔަ މަހުގެ 14 ގައި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ޝާހިދަކީ ރާއްޖޭގެ ތާރީހުގައި އެ މަަގާމު އަދާ ކުރައްވާ ފުރަތަމަ ބޭފުޅާ އެެވެ. އެނގިފައިވާ ގޮތުގައި ޝާހިދަށް ދައުލަތުން އަރުވާނެ އިއްޒަތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އެހެން ނަމަވެސް އެ އިއްޒަތް އަރުއްވަނީ ކޮން ނަމެއްގައި ކަމެއް އަދި ކަށަވަރެއްނުވެ އެވެ.

ދައުލަތުން އަރުވާ މަތީ އިއްޒަތް ދެއްވާނެ ބޭފުޅުން ކަނޑައަޅުއްވާނީ އެއިރެއްގައި ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުކެވެ.

މިރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމީ އިނާމާއި ޝަރަފުވެރިކަމުގެ ގައުމީ އިނާމް ދިނުންވެސް އޮންނާނެ އެވެ.