Last Updated: April 24, 12:21
Wednesday, April 24, 2024
ވިޔަފާރި

އުރީދޫން އާ އައިފޯންތަކަށް ޕްރީއޯޑަރަށް ހުޅުވާލައިފި

އެޕަލް ކުންފުނިން މިދިޔަ މަހު ނެރުނު އައިފޯން 13 ސީރީޒްގެ ފޯނުތަކަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ

އުރީދޫން ބުނީ އައިފޯން 13 އާއި އައިފޯން 13 ޕްރޯ އާއި ޕްރޯ މެކްސް އަދި މިނީ އެ ކުންފުނި މެދުވެރިކޮށް މިހާރު ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ. މި ފޯނުތައް ޕްރިއޯޑަރަށް ހުޅުވާލާފައިވަނީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ދުނިޔޭގެ ބާޒާރަށް ނެރުނު މި ފޯނުތަކަކީ އުރީދޫގެ 5ޖީ ހިދުމަތް ލިބޭ ފޯނުތަކެކެވެ.

އުރީދޫ މޫލީން އައިފޯން 13 ސީރީޒްގެ ފޯނުތައް ޕްރީއޯޑާ ކުރެވޭ އަގުތައް:

– އައިފޯން 13 މިނީ (128 ޖީބީ): 16،599ރ.
– އައިފޯން 13 (128 ޖީބީ): 18،899.01ރ.
– އައިފޯން 13 ޕްރޯ (256 ޖީބީ): 25،799ރ.
– އައިފޯން 13 ޕްރޯ މެކްސް (256 ޖީބީ): 28،199ރ.