Last Updated: April 24, 06:35
Wednesday, April 24, 2024
ވިޔަފާރި

އާ ބަދަލުތަކާއެކު އީ ހަބްގެ އާ ފިހާރަ ހުޅުވައިފި

އާ ބަދަލުތަކާއެކު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އީ ހަބްގެ އާ ފިހާރަ ހުޅުވައިފިއެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ ކޯލާ ފިހާރަ ކައިރީގައި ކުރިން ހުޅުވާފައި ހުރި އީ ހަބް ފިހާރަ މިހާރު ވަނީ ކުރީގެ އޮރިއޭޓް މާޓަށް ބަދަލުކޮށްފައެވެ.

އީ ހަބްގެ އާ ފިހާރައަކީ ޖާގައިގެ ގޮތުން ތަނަވަސް ފިހާރައެއް ކަމަށްވާއިރު، އެ ފިހާރައިން ތަފާތު އެކި ބްރޭންޑްތަކުގެ ފޯނާއި، ލެޕްޓޮޕް އަދި އެ ނޫން ވެސް އިލެކްޓްރޯނިކް ސާމާނު ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެ އެވެ.

އީ ހަބް އިން ފޯނު މަރާމާތުކޮށްދިނުމުގެ ހިދުމަތް ވެސް ދެމުންދާއިރު، އަގުހެޔޮކޮށް މޯބައިލް ފޯނު ސާމާނު ހޯދުމަށް އެ ނޫން ތަނެއް ނެތް ކަމަށް އެ ފިހާރައިން ހާމަކުރެއެވެ.

އީ ހަބް އަކީ އުރީދޫގެ އައްޑޫގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.