Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އައްޑޫގައި އީ-ޓުކުރިއާ ބެހޭ މައުލޫމާތު ދޭން ސެޝަންތަކެއް

މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް ރަށްރަށުގައި އުފައްދާތަކެތި ގަނެވިއްކައި ހެދޭ "ކޮމިއުނިޓީ އޮންލައިން ޝޮޕް" އާއި ގުޅޭ މަޢުލޫމާތު ދިނުމަށް ހާއްސަ ސެޝަންތަކެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފި އެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އާއި އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި ސިލްސިލާ ބައްދަލުވުންތަކުގައި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދީ ފޭދޫގެ ރައްޔިތުންނަށް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

އީޓުކުރި ކޮމިއުނިޓީ ޝޮޕަކީ ރަށުފެންވަރުގައި އުފައްދާ ތަކެތި މޯލްޑިވްސް ޕޯސްޓުގެ އީޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް ގަނެވިއްކައި ހެދޭ "ރަށު އޮންލައިން ފިހާރަ" އެކެވެ. އެގޮތުން އެރަށަކަށް ހާއްސަ ކުރެވިފައިވާ މި އޮންލައިން ފިހާރައިގައި އެރަށެއްގެ އުފެއްދުންތެރިންގެ އުފެއްދުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދެއެވެ.

މޯލްޑިވްސް ޕޯސްޓުގެ ދައުރަކީ މި ފިހާރައިގައި ބައިވެރިވާ ރަށުގެ އުފެއްދުންތެރިންގެ އުފެއްދުންތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބާޒާރު ހޯދައިދިނުމާއި، އެތަކެތި މާކެޓްކޮށް އިސްތިހާރުކޮށްދިނުމާއި، އަދި ގަނެވިއްކާ ތަކެތި ޕޯސްޓުގެ ޑެލިވަރީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އެކިކަންކޮޅުތަކަށް ޑެލިވަރީ ކޮށްދިނުމެވެ.