Last Updated: May 11, 21:55
Monday, May 12, 2025
ޚަބަރު

ކޮނޑޭގައި އަަޅާ މިސްކިތް މުޅިން ތަފާތު ރީތި ޑިޒަނަކަށް

ކޮނޑޭގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ކުރެހުމެއް

ގއ.ކޮނޑޭގައި އާ މިސްކިތެއް ޢިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްްވި ރަސްމިޔާތުގައި ކޮނޑޭގެ އާ މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ތަފާތު ރީތި ގޮތަކަށް ޑިޒައިންކޮށްފައިވާ އެ މިސްކިތުގެ ކުރެހުން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާއިރު މިއީ އާއްްމުކޮށް އަތޮޅު ތެރެއިން ފެންނަ މިސްކިތްތަކާ ތަފާތު މިސްކިތުކަން ފާހަގަކުރެވެއެވެ. މި މަސައްކަތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއަދު ސޮއިކުރި އެއްްބަސްވުމުގައިވާ ގޮތުން މަސަކަތް 365 ދުވަސް ތެރޭގައި ނިންމަންޖެހެ އެވެ.