Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އިހުތިޖާޖުގެ ތެރެއިން ޝާޑު ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށްގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފިއެވެ.

ޝާޑު ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ޕީޖީ ހުސައިން ޝަމީމް ދިރިއުޅުއްވާ ގެކޮޅު ހިމެނޭ ސަރަހައްދުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިންނެވެ. އެގޮތުން ޝާޑުގެ އިތުރުން އިދިކޮޅު ކައުންސިލް މެމްބަރެއްވެސް ހައްޔަރު ކޮށްފައިވެއެވެ.

ޕީޕީއެމް ޕީއެންސީގެ ސްޕޯކްސްޕާސަން ހީނާ ވަލީދް "އައްޑޫލައިވް"އަަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝާޑު އަދި ދެން ހައްޔަރު ކުރި ކައުންސިލް މެމްބަރުވެސް މިހާރު ދޫކޮށްލާފައިވާކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު އަންނަނީ ދައުލަތުގެ އެކި މަގާމުތައް ފުރުއްފާ ފަރާތްތަކުން ދިރިއުޅޭ ތަންތަނަށް ގޮސް އެތަންތާ ކައިރީގައި އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން މިފަހުންވެސް އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ދިރިއުޅުއްވާ ގެކޮޅު ކައިރިޔަށްގޮސް އިހުތިޖާޖު ކޮށްފައެވެ.