ރައިސް މުހައްމަދު ނަޝީދު ރާއްޖެއަށް ވަޑައިގަންނަވަނީ ތިން ދުވަހަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ދުބާއީގައި ހުންނެވި ރައީސް ނަޝީދު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާއިރު، އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު މިއަދު ރާއްޖެއަށް ވަޑައިގަންނަވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. އަދި ތިން ދުވަހަށްފަހު އެމަނިކުފާނު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ހުންނެވުމަށް މ. މުރައިދޫ ހަމަޖައްސާފައިވީ ނަމަވެސް އެގެކޮޅުގެ މަރާމާތުގެ މަސައްކަތްތައް އަދިވެސް ނުނިމޭ ކަމަށް މައުލޫމާތު ލިބެއެވެ.