Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި

ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު އެއާޕޯޓްގެ ސެކިއުރިޓީގެ އިންތިޒާމުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.

ރައީސް ނަޝީދަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން އަންނަނީ އެއާޕޯޓްގައި އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގެންފައިވަނި ތިން ދުވަހަށް ކަމަށް މައުލޫމާތުލިބެއެވެ. އަދި ތިން ދުވަސް ފަހުން އެމަނިކުފާނު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެތެރެއިން ބޮން ގޮއްވާލި މީހާ ވަނީ ކުށަށް އިއުތިރާފްވެސް ވެފައެވެ. އޭނާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.