Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ްއަމީނުގެ މައްޗަށް ހިންގި ޝަރީއަތުގެ މައްސަލަ އިންތިގާލީ އޮފީހުން ބަލަނީ

ކުރީގެ ރައީސް މުހައްމަދު އަމީން

ކުރީގެ ރައީސް މުހައްމަދު އަމީންދީދީގެ ވެރިކަން 1953 ވަނަ އަހަރު ވައްޓާލުމަށް ފަހު އެމަނިކުފާނުގެ މައްޗަށް ހިންގި ޝަރީއަތުގެ މައްސަލަ އާއި އެ މަނިކުފާނަށް ކުރި އަނިޔާގެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހުން ބަލަން ނިންމައިިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހަށް ހުށައެޅި އެ މައްސަލަ އަކީ އިންތިގާލީ އޮފީހުގެ ފަރާތުން ބެލޭނެ މައްސަލައެއްް ކަމަށް ނިންމައި އެ މައްސަލަ ބަލަން ނިމިކަން އެ އޮފީހުން އޭނާއަށް މިހާރު ވަނީ އަންގާފަ އެވެ.

ބޮންޑޭޭ ހުށަހެޅުއްވި އެ މައްސަލައިގަައި ވިދާޅުވީ އަމީން ދީދީ އަށް އަނިޔާކުރުމަށް ފަހު، ފައްޖެހި އެނދަކަަށް ލަައިގެން މާލެ ގެނެސް "ބިރުވެރި ޝަރީއަތެއް" ހިންގާފައިވާ ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ދައުލަތުން ސާފުކޮށްދޭން އެދިވަޑައިގަންނަވާ ކަަމަށެވެ.

"އަޅުގަނޑުމެން އެދޭ ފަރުވާ އަކީ އަލް މަރްހޫމް މުހައްމަދު އަމީންއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަން ސާފުކޮށްދިނުމާއި ޚާއިނެއް ކަމަށް ބުނެ އެ ބޭފުޅާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރުމެވެ،" އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަަލަ ހުށަހެޅުއްވި ފޯމުގައި ބޮންޑޭ ލިއުއްވާފައިވެ އެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތައް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައެޅޭނެ އެވެ.