Last Updated: April 24, 23:11
Wednesday, April 24, 2024
ވިޔަފާރި

އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

ފޮޓޯ: މިހާރު

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެންނެވެ. އެގޮތުން ފާއިތުވި ހަތް އަހަރުގެ ތެރޭގައި ތެލުގެ އަގު ނުއުފުލޭ ވަރަށް މިހާރު އުފުލިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދާނީ 11.6 ރުފިޔާއަށް އަށް ކަމަށާއި އަދި ޑީސަލް ލިޓަރެއް ވިއްކާނީ 11.84 ރުފިޔާ އަށް ކަމަށެވެ.

އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ވެސް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.