Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ކަރަންޓް ކެނޑުމުން ލިފްޓްތަކުގައި ތާށިވި މީހުން ސަލާމަތްކޮށްފި

މާލެ ސަރަހައްދުން މިއަދު ކަރަންޓު ދިއުމުން ބައެއް އިމާރާތްތަކުގެ ލިފްޓްތަކުގައި ތާށިވި މީހުން ސަލާމަތްކޮށްފިއެވެ.

މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިފައިވަނީ 12:15 ހާއިރު އެވެ. ސްޓެލްކޯއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ހަތަރު އިމާރާތެއްގެ ލިފްޓް ހުއްޓި މީހުން ތާށިވެފައިވާކަމަށެވެ. އެގޮތުން ލިފްޓް ހުއްޓި މީހުން ތާށި ވެފައިވަނީ ކުރީގެ އާލިއާ ސްކޫލް ހިންގި އިމާރާތުގެ ލިފްޓަކާއި، ވެލާނާގެ، މާލެ ގްރޭންޑް އަދި މާފަންނު މަދަރުސާ ކައިރީގައިހުންނަ މޯލްޑިވިއަން އިމާރާތުގެ ލިފްޓެވެ. އަދި މިހާރު އެ ލިފްޓްތަކުން މީހުން ސަލާމަތް ކުރެވިފައިވާކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށްފަހު އަލުން ކަރަންޓް ދެވިފައިވަނީ 02:00 އާ ކައިރިވެފައިވަނިކޮށެވެ.