Last Updated: July 10, 09:47
Thursday, July 10, 2025
ކުޅިވަރު

އިންޑިއާ އަތުން މޮޅުވެއްޖެނަމަ ކޮންމެ ރެއަކު މިއުޒިކް ޝޯ ބާއްވަނީ

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް - ފޮޓޯ: ރައީސް އޮފީސް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ އިންޑިއާގެ މައްޗަށް ރާއްޖެ އިން ކުރި ހޯދައިފިނަމަ ފައިނަލް މެޗާއި ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯ ބާއްވަން ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާގެ މެޗުގެ ފޯރި ނަގާލައި، ގިނަ ބަޔަކު ބައިވެރިކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން ޔޫތު މިނިސްޓްރީއާއި އުރީދޫގެ އިތުރުން އެފްއޭއެމް ގުޅިގެން މާދަމާ ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުމާއެކު މިއުޒިކް ޝޯ ގެންދަން ވަނީ ރާވާފައެވެ. އަދި މާދަމާގެ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު މިއުޒިކް ޝޯ އޮންނާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް ވިއްކަން ހަމަޖެއްސި 3000 ޓިކެޓު މިހާރު ވަނީ ވިކި ހުސްވެފައެވެ.

މާދަމާގެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރެވޭނެ އެވެ. މާދަމާގެ މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.