Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ވީހާވެސް ބޮޑަށް މާސްކް އަޅަން އަހުމިއްޔަތުކަން ދިނުމަށް އެދެފި

ހުޅުމީދޫ ސިއްހީ މަރުކަޒު - ފޮޓޯ: މާހިލް ޙަސަން ދީދީ

އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫ އަވަށުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މާސްކް އެޅުމަށް އަހަންމިއްޔަތުކަން ދިނުމަށް، ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހިމް ދީދީ (އިބުރޭ) އިލްތިމާސް ކުރައްވައިފި އެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދައްކަވަމުން އިބުރޭ ވިދާޅުވީ، މިހާރުވެސް އެންމެ ބޮޑު މައްސަލައަކަށް އޮތީ ފޭސް މާސްކް ނޭޅުން ކަމަށެވެ. އަދި މިހާރު ފޭސް މާސްކް އެޅުމަކީ ނެތް ކަމެކޭ ބުނާ ކަހަލަ ކަމަށް އިބުރޭ ވިދާޅުވި އެވެ.

ފޭސް މާސްކު އެޅުމަކީ ނެތް ކަމެކޭ ބުނާކަހަލަ ގޮތަކަށް ހުޅުމީދޫ އޮތީ

މީގެއިތުރުން އިބުރޭ ވަނީ، މާސްކް އަޅަން އެންމެން އަހަންމިއްޔަތުކަން ދީފިނަމަ، ބަލި ކޮންޓްރޯލްކުރަން ފަސޭހަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މިހާރު މާސްކް އަޅައިގެން އުޅެނީ މަދު ބައެއްކަންވެސް އިބުރޭ ވަނީ ފާހަގަކުރައްވާފަ އެވެ.

އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ހަމަ ރައްޔިތުންގެ އުޅުން މިކަމުގައި އޮތީ

ހުޅުދޫ އަދި މީދޫ އަވަށުން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާއިރު، ހުޅުދޫ އަވަށުގައި އެކްޓިވް 8 ކޭސް އެބަ އުޅެ އެވެ. އަދި މީދޫ އަވަށުގައި 19 އެކްޓިވް ކޭސް އެބަ އުޅެ އެވެ. މީގެއިން ގިނަ ކޭސްތަކަކީ ޑައިރެކްޓް ކޮންޓެކްޓުންކަން ފާހަގަކޮށްލެވެ އެވެ.