Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

މުޅި ރާއްޖެ ރަތްވެ އެންމެންގެ ދުއާ ގައުމީ ޓީމަށް

ސާފް ޗެމްޕިއަންޝިޕްގައި މިރެއަކީ ރާއްޖެއަށް މުހިންމު ރެ އެކެވެ. މިފަހަރުގެ މުބާރާތުގައި އިންޑިއާ އާއި ރާއްޖެ މިރޭ ބައްދަލުކުރާއިރު މި މެޗްގެ ނަތީޖާއާ ރާއްޖެ ފައިނަލަށް ދިއުމާ ވަނީ ގުޅިފަ އެވެ. އެހެން ކަމުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މިރޭ ކުޅޭ މެޗަށް ދިވެހިންގެ ސަމާލުކަން އެންމެ ބޮޑުވެގެންދާނެ އެއްމެޗަކީ މިރެ އެވެ. ދިވެހިންގެ ހިތުގެ މިކަމަށް އޮތް ޝައުގުވެރިކަމާ ގައުމީ ޓީމަށް އޮތް ސަޕޯޓް މިއަދުގެ މިހާތަނަށްވެސް އައިރު ވަރަށް ބޮޑަށް ވަނީ ފެނިފެން ގޮސްފަ އެވެ.

ސަރުކާރުގެ އަމިއްލަ އޮފީސްތަކާއި ބައެއް ސުކޫލްތަކުގައި މުވައްޒަފުން މިއަދު ވަޒިފާއަށް ނުކުތީ ރަތް ހެދުމުގަ އެވެ. ގައުމީ ޓީމާއެކު ތިބިކަން ހާމަކޮށް މުވައްޒަފުން ދިވެހި ދިދަ އާއި ޝުރޫއުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނަގާފައިވާ ފޮޓޯތައް ވެސް ވަނީ ސޯޝަލް މީޑިޔާއަށް ދޫކޮށްލާފަ އެވެ.

ގައުމީ ޖޯޒީއަށް ބާރުބޮޑު ދުވަހެއް

މިރޭ ގައުމީ ޓީމު ކުޅޭއިރު ސަޕޯޓްކުރުމުގެ ގޮތުން ދަނޑުތަކަށް ނުދާ މީހުންވެސް ބޭނުންވަނީ ޖޯޒީގައި ތިބެގެން ޓީވީ ބަލަށެވެ. އެހެން ކަމުން ގައުމީ ޖޯޒީ ވިއްކާ ފަރާތްތަކަށް މިއަަދަކީ ބާރުބޮޑު ދުވަހެވެ. އޭގެ އިތުން އަންނައުނު ވިއްކާ ބައެއް ފިހާރަތަކުން މިއަދު ބޭރުން ފެންނާން ހުރީ ހުސް ރަތްހެދުމެވެ. މިއަދު ރަތް ހެދުން ހޯދަންދާ ކަސްޓަމަރުންވެސް ގިނަ އެވެ. އެކު އުމުރު ފުރައިގެ މީހުންނާއި އެކު ޖިންސުގެ މީހުން ވެސް ދަނީ ގައުމީ ޓީމާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ރަތް ޖޯޒީއެއްގައި ނުވަތަ ރަތް ހެދުމުގައި ފޮޓޯ ސޯޝަލް މީޑިޔާގައި އާއްމުކުރަމުންނެވެ.

ބައެއް ފަރާތްތަކުން ވަނީ މިއަދާ ދިމާކަށް އާއްމުނަށް ރަތް ކުލައިގެ ޓީޝާޓް ހަދިޔާކޮށްފަ އެވެ.

އަތޮޅު ތެރޭގައިވެސް ފޯރިގަދަ

މުބާރާތްކުޅެނީ މާލޭގައިކަމަށް ވިއަސް އަތޮޅު ތެރޭގައިވެސް އެހާ ފޯރިނަގަން ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން ބައެއް ރަށްތަކުގައި ގިނަ ބަޔަކު އެއް ތިބެގެން މެޗް ބެލޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. އަދި އަތޮޅު ތެރޭގެ ބައެއް ސްކޫލްތަކާއި އޮފީސްތަކުގައިވެސް މުޅިން ފެންނަނީ ރަތްކުލައިގައި ތިބި މުވައްޒަފުންނެވެ.

ރާއްޖެ މި މުބާރާތުގައި މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައިވެސް ދިވެހިން ސަޕޯޓް ވަަރަށް ބޮޑަށް ފެނިގެން ގޮސްފައިވެ އެވެ.