Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

ފިއްލަދޫގެ އިހްތިސޯސުގައި ދައްޕަރު ހިމަނައިފި

ހއ. ދައްޕަރު ފިއްލަދޫ އިހްތިސޯސުގައި އަލުން ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅައި ކޮށްފައިވާ އިއުލާނުން، ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސާސް އަލުން ކަނޑައަޅާފައި އޮތްގޮތަށް ބަދަލު ގެންނަން ޖެހޭކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެހެންވެ، އޮގަސްޓް 29، 2021 ގައި ނެރުނު ގަރާރު ބާތިލްކޮށް، ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ދައްޕަރު ހިމަނައި އެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ދައްޕަރު، އެ އިދާރާގެ އިހުތިސޯސުން ވަކިކުރަން ނިންމި ނިންމުމާ ފިއްލަދޫ ރައްޔިތުން ވަނީ ދެކޮޅު ހަދާފައެވެ. އަދި އެ ނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލާ ޕެޓިޝަނެއް ތައްޔާރުކޮށް ރައީސް ސޯލިހާއި މަޖިލީހަށްވެސް ވަނީ ހުށައަޅާފައެވެ.