Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހޯދަނީ

ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހޯދަމުންދަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޔޫނުސް، (52އ)، ޕާސްޕޯޓް ނަންބަރު: BC0642839 ކަމަށެވެ.

އެގޮތުން މި މީހާ އަކީ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ފަރާތެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން ހާޒިރުވުމަށް އޭނާ އަށް މިއަދު އަންގައި އެކަން އާންމުކޮށް އިއުލާންކޮށްފައެވެ.