Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އިސްދޫ ބަނދަރު މަސައްކަތް ނިންމާލައިފި

ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތާ ހަވާލުވި އެމްޓީސީސީން ބުނެފައިވަނީ އެމަޝްރޫއުގެ މަސައްކަތް 17 އޯގަސްޓް ގައި ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 31,820 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން އަދި 1810 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބްރިޖެއް އެޅުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އިސްދޫ ބަނދަރު މަޝްރޫއުއަކީ 34.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.