Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 10 މީހުން ހައްޔަރުކޮށްފި

ފުލުހުން އަތުލައިގަނެފައިވާ 100 ކިލޯގެ މަސްތުވާތަކެތި--

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް، ފޮރެންސިކް އަދި ޑީއީޑީ ގުޅިގެން ފާއިތުވި 24 ގަޑިއިރު ހިންގާފައިވާ އޮޕަރޭޝަންގައި ކަމަށެވެ.

މި އޮޕަރޭޝަންގައި 10 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށާއި، އަދި 10 މީހަކު ހައްޔަރު ކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

100 ކިލޯގެ ހެރޮއިން އަތުލައިގަތް މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުންގެ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.