Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ފިލްމީ ތަރި މުއާއަށް އެގްޒެކެޓިވް ޑިރެކްޓަރުކަން

ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) އެކްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަ ޖައްސަވައިފި އެވެ. މުއާ ހަމަ ޖައްސަވާފައިވަނީ އާޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމަށެވެ.

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އޭނާ މީގެ ކުރިވެސް އެ މަގާމުގައި ދެ ފަހަރެއްގެ މަތިން އަދާ ކުރައްވާފައިވެ އެވެ.

ސަރުކާރުގެ އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގައި މަހު މުސާރާއިގެ ގޮތުގައި 25،000ރ. ލިބެ އެވެ. މުއާ މިހާރު ކައިވެނިބައްލަވައިގެން އުޅުއްވަނީ ފިލްމީ ގިނަ ތަރިންތަކެއް ހިމެނޭ އާއިލާގެ އެއް މެމްބަރު މަރިޔަމް އައްޒައާ އެވެ.