Last Updated: April 18, 20:32
Thursday, April 18, 2024
ޚަބަރު

ޓިކްޓޮކުގައި ބަރަހަނާވި ނަބީލް ޝަރުތަކާއެކު ބަންދުން ދޫކޮށްލައިފި

ޓިކްޓޮކްގައި އަމިއްލައަށް ބަރަހަނާވި މުހައްމަދު ނަބީލް ޝަރުތުތަކަކާއެކު ބަންދުުން ދޫކޮށްލައިފިއެވެ.

ނަބީލް ހައްޔަރުކޮށްފައިވަނީ އޭނާގެ އަމިއްލައަށް ބަރަހަނާވާ ވީޑިއޯއެއް އާންމު ކުރުމުން މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. މަހަކަށްވުރެއް ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ނަބީލް ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ.

ޝަރިތުކުރުމަށްފަހު ނަބީލް ބަންދުން ދޫކޮށްލާފައިވާއިރު އެއީ ކޮން ޝަރުތެއްކަމަށް ހާމަކޮށްފައެއްނުވެއެވެ. މީގެ ކުރިން އޭނާ ބަންދު އަޑުއެހުމުގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވާ އޮރިޔާންކާޑު ވީޑިއޯއަކީ އޭނާ ހަދާފައިވާ ވީޑިއޯއެއް ނޫންކަމަށާއި، އެ ވީޑިއޯއަކީ އޭނާގެ ވީޑިއޯއެއް ނޫންކަމަށެވެ. އެ އޮރިޔާން ވީޑިއޯއަކީ އޭނާ ބޭޒާރުކުރުމަށް އޭނާގެ މޫނު އެޑިޓްކޮށްގެން ބަޔަކު ހަދާފައިވާ ވީޑިއޯއެއްކަމަށެވެ.

ޓިކްޓޮކްއަށް ތިން މިނެޓްގެ ވީޑިއޯއެއް ނުލެވޭނެކަމަށާއި، އަޕްލޯޑް ކުރެވެނީ 60 ސިކުންތުގެ ވީޑީއޯއެއް ކަމަށްވެސް ނަބީލް ބުނެފައިވެއެވެ. އަދި އެއީ ބަޔަކު އޭނާ ބޭޒާރުކުރުމަށް އޭނާގެ މޫނު އެޑިޓްކޮށްގެން ހަދާފައިވާ ވީޑިއޯއެއްކަމަށްވެސް ނަބީލް ވަނީ ކޯޓުގައި ބުނެފައެވެ.

މީގެ އިތުރުން ނަބީލް ވަނީ އޭނާ އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އުފައްދާފައިވާނެކަމަށް އެއްބަސްވެފައެވެ. އަދި އޭނާ މިހާރު ވަރަށް ބޮޑަށް ބޭޒާރުވެފައިވާކަމަށާއި މަގުމަތީގައިވެސް ނޫޅެވޭކަމަށާއި، އޭނާއަށް މަރުގެ އިންޒާރު ދީފައިވާކަމަަށާއި، ގެއަށް އައިސްވެސް މީހުން އިންޒާރު ދީފައިވާކަމަށެވެ. އެހެންނަމަވެސް އެ އިންޒާރުތައް ދީފައިވަނީ ޓިކްޓޮކް ކުޅުމުގެ ސަބަބުން ނޫންކަމަށްވެސް ނަބީލް ކޯޓުގައި ބުނެފައިވެއެވެ.