Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ދަނގެތީގައި މީހަކު މަރާލާފައި އޮއްވައި ފެނިއްޖެ

ދަނގެތީގައި މަރާލާފައި އޮތް މީހާ ފެނުނު ވަޅު--

އދ. ދަނގެތީގައި މީހަކު މަރާލާފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ، ދަނގެތީގައި ގޯންޏަކަށްލާ އެއްލާލާފައިއޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށާއި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މަރާލާފައި އޮއްވައި ފެނިފައިވަނީ އުމުރުން 57 އަހަރުގެ ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމިހާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ. އަދި އެމީހާ ފެނިފައިވަނީ ގެއެއްގެ ވަޅުތެރޭގައި ގޯންޏަކަށް ލާފައި އޮއްވައެވެ.

އެ މައްސަލާގައި މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.